އިންޑިއާއިން ގެއްލިގެން ހޯދި ދިވެހި މީހާ ސަލާމަތުން ފެނިއްޖެ
އިންޑިއާގެ ޓްރިވެންޑްރަމަށް ބޭސްފަރުވާއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ދިވެހި ފިރިހެނަކު ސަލާމަތްތެރިކަމާއެކު ފެނިއްޖެ ކަމަށް އޭނާގެ އާއިލާއިން ހާމަކޮށްފިއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދާފައިވަނީ ރ. މީދޫ، އަތަމާގެ، ޢަލީ އިބްރާހީމް (އައްޔަބެ) އެވެ. އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ އިއްޔެ ފަތިހު 5:30 އެހައިކަންހާއިރު ކަމަށް އޭނާގެ ދަރިއަކު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
އައްޔަބެ ފެނިފައިވާކަން ކަށަވަރުކޮށްދެމުން އާއިލާއިން މިއަދު ބުނީ، އޭނާ ފެނުނުއިރު ހާލު އެއްކޮށް ރަނގަޅު ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް އާއިލާގެ ފަރާތުން ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
Ads by MACL
