ދުނިޔެ ހޫނުވުން ދެގުނަ އަވަސްވެ، ރާއްޖެއަށް ބޮޑު ނުރައްކަލެއް!
ދުނިޔެ ހޫނުވަމުންދާ މިންވަރު 2015 ވަނަ އަހަރުން ފެށިގެން ނުހަނު އަވަސްވެ، ކުރިއަށްވުރެ ދެގުނައަށް އިތުރުވެފައިވާކަން ސައިންސްވެރިންގެ އާ ދިރާސާއަކުން ކަށަވަރުވެއްޖެއެވެ.
ޕޮޓްސްޑެމް އިންސްޓިޓިއުޓް ފޯ ކްލައިމެޓް އިމްޕެކްޓް ރިސާޗުން ނެރުނު މި ދިރާސާއިން އެނގޭގޮތުގައި، މި ބަދަލުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ނާޒުކު ޖަޒީރާ ގައުމުތަކަށް އޮތް ތިމާވެށީގެ ނުރައްކާ ވަނީ ކުރިއަށްވުރެ އެތައް ގުނައެއް ބޮޑުވެފައެވެ.
މި ދިރާސާގައިވާ ގޮތުން، 2015 ގެ ފަހުން ދުނިޔޭގެ ފިނިހޫނުމިން ކޮންމެ ދިހައަހަރަކުން ގާތްގަނޑަކަށް 0.35 ޑިގްރީ ސެލްސިއަސްއަށް އުފުލެއެވެ. މިއީ 1970 އާއި 2015 އާ ދެމެދު ދުނިޔެ ހޫނުވަމުންދިޔަ ރޭޓާ އަޅާބަލާއިރު ދެގުނަ އިތުރު މިންވަރެކެވެ. މާޒީއާ އަޅާބަލާއިރު މިހާރު ދުނިޔެ ހޫނުވާ ރޭޓު މައްޗަށް ދިއުމުގެ ސަބަބުން ކަނޑުގެ ލެވެލް އުފުލި، ރާއްޖެ ފަދަ ތިލަ ޖަޒީރާ ގައުމުތައް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.
Ads by BMLސައިންސްވެރިން ހާމަކުރާ ގޮތުގައި، ދުނިޔެ ހޫނުވުން ދެގުނައަށް އަވަސްވެފައިވާކަން ސާބިތުވުމަކީ މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމުގެ ރަތް ސިގްނަލެކެވެ.
Ads by MACL
