ރާއްޖެ-ޗައިނާ ވިޔަފާރި ގުޅުވައިދޭ ބިޒްނަސް ގޭޓްވޭ އިފްތިތާހުކޮށްފި
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި، "ޗައިނާ މޯލްޑިވްސް ބިޒްނަސް ޓްވޭ އެސޯސިއޭޝަން" (ސީއެމްބީޖީއޭ) ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ޖަމްއިއްޔާ އިފްތިތާހުކޮށްފައިވަނީ އިއްޔެ ބޭއްވުނު "ޗައިނާ–މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް 2026" ގެ ތެރެއިންނެވެ. ބިޒްނަސް ގޭޓްވޭ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އާއި، ސީއެމްބީޖީއޭގެ ރައީސް މުހައްމަދު ބައްސާމް އާދަމްއެވެ.
މިއީ ދެ ގައުމުގެ އަމިއްލަ ވިޔަފާރިތަކާއި އިންވެސްޓަރުން ސީދާގޮތުން ގުޅުވައިދިނުމަށްޓަކައި ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތުގެ ނަތީޖާއެކެވެ. މި ޖަމްއިއްޔާގެ މައި އޮފީސް މާލޭގައި ހުންނައިރު، ޗައިނާގެ ވެރިރަށް ބެއިޖިންގްގައިވެސް އިތުރު އޮފީހެއް ވަނީ ގާއިމުކޮށްފައެވެ.
Ads by BMLމި ޖަމްއިއްޔާގެ މައިގަނޑު މަގްސަދަކީ ވިޔަފާރި، އިންވެސްޓްމަންޓް، ފަތުރުވެރިކަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމުގެ އަމިއްލަ ސެކްޓަރަށް އާ ފުރުސަތުތަކެއް ހޯދައިދީ، ބާޒާރުތަކަށް ވަނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ސީއެމްބީޖީއޭގެ ރައީސް މުހައްމަދު ބައްސާމް އާދަމް ވިދާޅުވި ގޮތުގައި، މި އިފްތިތާހަކީ ފެށުމެކެވެ. ޖަމްއިއްޔާގެ ކުރިއަށް އޮތް އަމާޒަކީ މާނަހުރި ވިޔަފާރި ގުޅުންތައް ބިނާކޮށް، ދެ ގައުމަށް ފައިދާހުރި އަމަލީ ބައިވެރިވުންތަކެއް އުފެއްދުމެވެ. މި ޖަމްއިއްޔާ ގާއިމުކުރުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަދި އިންވެސްޓް މޯލްޑިވްސްއިން ވެސް ބޮޑު އެހީތެރިކަމެއް ދީފައިވެއެވެ
Ads by MACL
