ޔަމަންގެ ތާއިޒް ސިޓީ ބަނޑަށްޖެހިއްޖެ؛ އިންސާނީ ބޮޑު ކާރިސާއަކާ އެކު އެހީއަށް ގޮވާލަނީ
ޔަމަންގެ ތާއިޒް ސިޓީއަށް ގިނަ މަސްތަކެއް ވަންދެން ކުރިމަތިވެފައިވާ ވަރުގަދަ ހިސާރަކަށް ފަހު، އެ ސިޓީއަކީ ބަނޑަށްޖެހިފައިވާ ސިޓީއެއްގެ ގޮތުގައި އެ ސިޓީގެ މަހައްލީ ފަރާތްތަކުން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
އެއް މިލިއަން މީހުންގެ ބޮޑު އާބާދީއެއް ދިރިއުޅޭ ތާއިޒް ސިޓީ ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކާބޯތަކެއްޗާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި ލިބުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ސިޓީގެ އާބާދީއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ނުލިބުމުގެ ސަބަބުން، ގިނަ އަދަދެއްގެ މީހުންނާއި ކުޑަކުދިން ވަނީ ނުރައްކާތެރި ހާލަތެއްގައި ބަނޑަށްޖެހިފައެވެ.
މި އިންސާނީ ބޮޑު ކާރިސާއާ ގުޅިގެން ސިޓީގެ މަހައްލީ ވެރިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ އަވަސް އެހީތެރިކަމަށް އިންތިހާއަށް އެދިފައެވެ. އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކަށާއި އެހީދޭ ޖަމާއަތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅައި، ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.
Ads by BMLކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، ސިޓީއަށް ބޭނުންވާ އިންސާނީ އެހީތެރިކަން އަވަސް މުއްދަތެއްގެ ތެރޭގައި ފޯރުކޮށްނުދީފިނަމަ، ހާލަތު އިތުރަށް ގޯސްވެ، ނުރައްކާ ބޮޑުވެގެންދާނެއެވެ. އެހެންކަމުން ބައިނަލްއަގުވާމީ ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް އަވަސްކުރުމަކީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަންތައް ކަމުގައި ވަނީ ފާހަގަކޮށްފައެވެ.
Ads by MACL
