އެލްޖީއޭ ބޯޑުގެ އިންތިހާބުގެ ވޯޓުލުން ފަށައިފި
ޢީދު ވާނީ ކޮން ދުވަހލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރަށު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް 3 މެންބަރަކު އިންތިހާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެކެވެ.
މީގެ ތެރެއިން ސިޓީ ކައުންސިލްތައް ތަމްސީލުކުރާ ގޮނޑިއަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް އެކަނި ކަމަށްވާތީ، ވޯޓަކާ ނުލައި އޭނާ ވަނީ މިހާރު އެލްޖީއޭގެ ބޯޑަށް އިންތިހާބުވެވަޑައިގެންފައެވެ. އެހެންކަމުން މިހާރު ކުރިއަށްދަނީ ރަށު ކައުންސިލަރުންނާއި ޑަބްލިއުޑީސީތަކުގެ ރައީސުންގެ ތެރެއިން ބޯޑަށް އައްޔަންކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބެވެ.
Ads by BMLމި އިންތިހާބުގެ ވޯޓު ނެގުން ކުރިއަށްދާނީ މިއަދު ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 807 ފަރާތަކަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 625 ކައުންސިލަރުންނާއި، 177 ރަށު ކައުންސިލާއި 5 ސިޓީ ކައުންސިލްގެ ޑަބްލިއުޑީސީ ތަމްސީލުކުރައްވާ 182 ރައީސުންނެވެ. އިންތިހާބުގެ ވޯޓުލުމަށްޓަކައި ޖުމްލަ 19 ވޯޓުފޮށި ބަހައްޓާފައިވެއެވެ.
އިންތިހާބުގެ ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގައި ނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީގައެވެ. އަދި އަތޮޅުތަކުގެ ތެރޭގައި ސަރުކާރުގެ ހިދުމަތް މަރުކަޒުތަކުގައި ވޯޓު ފޮށި ބަހައްޓާއިރު، އައްޑޫ ސިޓީ ހުޅުދޫގައި ވޯޓު ފޮށި ބަހައްޓާނީ ހުޅުދޫ އިޖުތިމާއީ މަރުކަޒު (ކުރީގެ ހުޅުދޫ ސްކޫލް) ގައެވެ.
އެލްޖީއޭއިން ބުނީ ވާދަކުރާ ދެ މަގާމަށް ހާއްސަކޮށްގެން ބޭނުންކުރާ ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެކަމަށެވެ. އަދި ވޯޓުލުން ނިމި ފޮށިތައް ބަންދުކުރާތާ 30 މިނެޓުގެ ތެރޭގައި ވޯޓު ގުނަން ފަށާނެ ކަމަށް އެލްޖީއޭއިން ބުންޏެވެ.
Ads by MACL
