ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަމީނީ މަގު ސެގްމަންޓް 3 ގެ މަސައްކަތް ނިންމާލައިފި، މި ހަފުތާގައި އާންމުންނަށް ހުޅުވާލަނީ

އަމީނީ މަގު ސެގްމަންޓް 3 ގެ މަސައްކަތް ކުރިއަށްދަނީ ---- ފޮޓޯ: އެމްޓީސީސީ
އަމީނީ މަގު ސެގްމަންޓް 3 ގެ މަސައްކަތް ކުރިއަށްދަނީ ---- ފޮޓޯ: އެމްޓީސީސީ
 އަމީނީ މަގު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ތިންވަނަ ސެގްމަންޓްގެ މަސައްކަތްތައް ނިންމައި މި ހަފުތާ ނިމުމުގެ ކުރިން އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.
މި މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ސެގްމަންޓް 3 އެއްކޮށް ނިންމާލުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.
އެގޮތުން މަގުތަކުގެ ކޯނަރުތަކުގައި ކުރަންޖެހޭ ކޮންކްރީޓް މަސައްކަތްތަކާއި، ޓްރެފިކް ނިޝާންތައް ކުރެހުމުގެ (ރޯޑް މާކިން) މަސައްކަތްތައް ވަނީ އެއްކޮށް ނިންމާލާފައެވެ. އެމްޓީސީސީން ބުނީ މި ސެގްމަންޓް ހުޅުވުމާއެކު އަމީނީ މަގުގެ ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ދިމާވަމުންދާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މާލޭގެ މައި މަގުތަކުގެ ތެރޭގައި ހިމެނޭ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދަނީ ބައިބަޔަށް ބަހާލައިގެން، އާންމުންނަށް ވީހާވެސް ދަތިނުވާނެ ފަދަ ގޮތަކަށެވެ.