ދައުލަތުގެ ގެރެންޓީ ދަރަންޏާއި ބޭރުގެ ދަރަނި ބޮޑުތަނުން ދަށްކޮށް، މާލީ ގޮތުން ކާމިޔާބު އަހަރެއް ކަށަވަރުކޮށްފި
ދައުލަތުގެ ޖުމްލަ ދަރަނި ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި މި އަހަރަކީ ކާމިޔާބު އަހަރެއްކަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ހާމަވެއްޖެއެވެ.
2025 ވަނަ އަހަރުގެ ނިޔަލަަށް ދައުލަތުން ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ޖުމްލަ ދަރަންޏަކީ 43.59 ބިލިއަން ރުފިޔާއެވެ. އެއީ އެ އަހަރުގެ ނޮމިނަލް ޖީޑީޕީކަމަށްވާ 119.35 ބިލިއަން ރުފިޔާގެ 37 އިންސައްތައެވެ. އަދި ރިއަލް ޖީޑީޕީއަށް ބަލައިފިނަމަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 40 އިންސައްތައިން މައްޗަށް ބޭރުގެ ދަރަނި އަރައެވެ.
2026 ގައި ސަރުކާރުން 11 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ދަރަނި އަދާކުރުމަށް ހަރަދުކުރާނެ ކަމުގައި ބަޖެޓުގައި ލަފާކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް ދިހަ ބިލިއަނަށްވުރެ ގިނަ ރުފިޔާ ދަރަނި އަދާކުރުމަށް ސަރުކާރުން ހޭދަކޮށްފައިވެއެވެ. މި ފައިސާގެ ބޮޑު ބަޔަކީ ބޭރުގެ ދަރަނި އަދާކުރުމަށް ހިނގި ހަރަދެވެ.
Ads by BMLނަތީޖާއެއްގެ ގޮތުން ބޭރުގެ ދަރަނީގެ ޕޯޓްފޯލިއޯ ނުވަތަ ޖުމްލަ އަދަދު މި އަހަރު ނިމޭއިރު ވަރަށް ބޮޑަށް ކުޑަވާނެ ކަމުގައި ސަރުކާރުން ލަފާކުރެއެވެ. އެގޮތުން މި އަހަރުގެ ނިޔަލަށް ބޭރުގެ ދަރަނީގެ ގޮތުގައި ހުންނާނެ ކަމުގައި ބެލެވެނީ 38.99 ބިލިއަން ރުފިޔާއެވެ. އެއީ ނިމުު އަހަރުގެ ނިޔަލަށް ބޭރުގެ ދަރަނީގެ ގޮތުގައި ރެކޯޑުކުރެވުނު އަދަދަށްވުރެ 10.5 އިންސައްތަ ދަށް އަދަދެކެވެ.
ބޭރުގެ ދަރަނީގެ އިތުރަށް ދައުލަތުން ގެެރެންޓީ ދީފައިވާ ދަރަނިވެސް މި އަހަރުގެ ނިޔަލަށް ވަރަށް ބޮޑަށް ކުޑަކުރެވުނެވެ. ނިމުނު އަހަރުގެ ނިިޔަލަށް ގެރެންޓީ ދީފައިވާ ދަރަނީގެ ގޮތުގައި ދައުލަތުގެ ދަރަނީގެ ހިސާބުތަކުގައި 20.37 ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައި ހުއްޓެވެ. މި އަހަރު ނިމޭއިރު އެ އަދަދު 17.63 ބިލިއަން ރުފިޔާއަށް ކުޑަކުރެވޭނެ ކަމުގައި ސަރުކާރުން އަންދާޒާކުރެއެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 13.3 އިންސައްތައިގެ ދަށްވުމެކެވެ.
އަހަރުން އަހަރަށް ބޭރުގެ ދަރަނި ކުޑަކުރވުމަކީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ކުޑަކުރެވުމާއެކު، ރާއްޖޭގެ މާލީ ނިޒާމުގައި ދައުރުކުރާ ބޭރު ފައިސާ އިތުރުވާނެ ސަބަބެއްކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފާހަގަކުރެއެވެ
Ads by MACL
