ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭގެ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގެ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭ ރުއްގަނޑު އެކެއް ސަރަހައްދުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ގޭސްފުޅިއެއް ގޮވައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ހަތަރު މީހަކަށް އަވަސް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ކަން ހިނގައިދިޔަ ގޮތް އިތުރަށް ތަޙުޤީޤު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްޞީލުތައް ސާފުވަމުންދާ ވަރަކުން ހާމަކުރަމުންގެންދާނެ ކަމަށްވެސް މީޑިއާތަކަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.