ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބ. ތުޅާދޫ ކަލްޗަރަލް ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ބ. ތުޅާދޫގައި ތަރައްޤީކުރަމުންދާ ދެ ބުރީގެ ސަގާފީ މަރުކަޒު / ފޮޓޯ: އެމްޓީސީސީ
ބ. ތުޅާދޫގައި ތަރައްޤީކުރަމުންދާ ދެ ބުރީގެ ސަގާފީ މަރުކަޒު / ފޮޓޯ: އެމްޓީސީސީ

ބ. ތުޅާދޫގައި ތަރައްޤީކުރަމުންދާ ދެ ބުރީގެ ސަގާފީ މަރުކަޒު (ކަލްޗަރަލް ސެންޓަރު) ގެ އަމަލީ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިއަދު ހިއްސާކުރި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާރު ސައިޓުގައި ކުރިއަށްދަނީ މައި އިމާރާތުގެ ތަނބުތަކުގެ ކޮންކްރީޓް އެޅުމުގެ (ކޮލަމް ކާސްޓިންގް) މަސައްކަތްތަކެވެ. އަދި މީގެ އިތުރުން، އެކޮމޮޑޭޝަން ބްލޮކްގެ ސްލެބް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މި މަޝްރޫޢުގެ ދަށުން ހިމެނޭ ރެސްޓޯރަންޓް އިމާރާތުގެ ތަނބުތަކުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ތުޅާދޫގެ ސަގާފީ އަދި ތާރީޚީ ތަރިކަ ދަމަހައްޓައި، ފަތުރުވެރިކަމާއި އިޖުތިމާއީ ހަރަކާތްތަކަށް ފުރުސަތު ހުޅުވާލުމުގެ މަގްސަދުގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ ރަށުގެ ތަރައްޤީއާ ގުޅިފައިވާ މުހިންމު މަސައްކަތެކެވެ.