ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގއ. ދެއްވަދޫގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޓްރަސް އަދި ފުރާޅުގެ މަސައްކަތްތައް ކުރިއަށްދަނީ

ގއ. ދެއްވަދޫގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޓްރަސް އަދި ފުރާޅުގެ މަސައްކަތްތައް ކުރިއަށްދަނީ

ގއ. ދެއްވަދޫގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތުގެ ތެރެއިން، މިހާރު ކުރިއަށްދަނީ އިމާރާތުގެ ޓްރަސް ހަރުކުރުމާއި ފުރާޅު އެޅުމުގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، ދެވްވަދޫގެ ކުޅިވަރާއި ދުޅަހެޔޮކަމުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މި ސެންޓަރުގެ އަމަލީ މަސައްކަތްތައް ސައިޓުގައި ބާރަށް ކުރިއަށްދާއިރު، މިހާރު ކުރިއަށްދާ ޓްރަސް ހަރުކުރުމާއި ފުރާޅު އެޅުމުގެ މަސައްކަތާއެކު އިމާރާތުގެ އޮނިގަނޑުގެ ބޮޑު ބައެއް ވަނީ ނިމުމާ ގާތްވެފައެވެ.

މި މަޝްރޫޢަކީ ރަށްރަށުގެ ޒުވާނުންނާއި އާންމު ރައްޔިތުންގެ ދުޅަހެޔޮކަމާއި ކުޅިވަރުގެ ހަރަކާތްތައް އިތުރުކުރުމަށް ސަރުކާރުން އިސްނަގައިގެން، ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ސެންޓަރު ގާއިމުކުރެވުމުން ދެވްވަދޫގެ ރައްޔިތުންނަށް ޒަމާނީ ފިޓްނަސް ވަސީލަތްތަކާއެކު ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އެކި ހަރަކާތްތައް ހިންގުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

އެމްޓީސީސީން ހިންގަމުންދާ އިޖުތިމާއީ އަދި ޢުމްރާނީ ތަރައްޤީގެ ތަފާތު މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި އަދާހަމަތައް އެ ކުންފުނީގެ ޕްރޮޖެކްޓްސް ޕޯޓަލް projects.mtcc.com.mv މެދުވެރިކޮށް އާންމުންނަށް ބައްލަވާލެއްވޭނެއެވެ.