ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައްޑޫން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ރަސްމާލެ ފަރަށް އަރައިފި

 އައްޑޫސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް، ކ. ފުށިދިއްގަރު (ރަސްމާލެ) ފަރަށް އެރި މުދާ އުފުލާ ދޯނި ---- ފޮޓޯ: ސަން އޮންލައިން
އައްޑޫސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް، ކ. ފުށިދިއްގަރު (ރަސްމާލެ) ފަރަށް އެރި މުދާ އުފުލާ ދޯނި ---- ފޮޓޯ: ސަން އޮންލައިން

އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް، ކ. ފުށިދިއްގަރު (ރަސްމާލެ) ފަރަށް އަރައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، މި ދޯނި ފަރަށް އަރާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭގެ 23:15 އެހާކަންހާއިރުއެވެ. ހާދިސާ ހިނގި ވަގުތު އުޅަނދުގައި ދިވެހި ކެޕްޓަނެއްގެ އިތުރުން ތިން ބިދޭސީން ހިމެނޭހެން ޖުމްލަ ހަތަރު މީހުން ތިއްބެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، މެރިން ޕޮލިހާއި އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. އެގޮތުން، ރަސްމާލެއިން ދިޔަ އުޅަނދެއްގެ އެހީތެރިކަމާއެކު ދޯނީގައި ތިބި ހަތަރު މީހުން ފުރަތަމަ ސަލާމަތްކުރިއެވެ. އޭގެ ފަހުން ކޯސްޓްގާޑުގެ ހާބާ ޕެޓްރޯލް ލޯންޗުގައި އެމީހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އެހެން އުޅަނދަކަށް ބަދަލުކޮށްދީފައެވެ.

ފުލުހުން ބުނީ، ފަރަށް އެރި މުދާ އުފުލާ ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު ދޯނީގެ ވެރިފަރާތުން ކުރިއަށްގެންދާ ކަމަށެވެ