ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދ. ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު: އެއްގަމުތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ބާރަށް ކުރިއަށް!

ދ. ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު / ފޮޓޯ: އެމްޓީސީސީ
ދ. ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު / ފޮޓޯ: އެމްޓީސީސީ

ދ. ކުޑަހުވަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ބިނާކުރުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތައް އަތުރައި ހަރުކުރުމުގެ މަސައްކަތް މިހާރު އެ ރަށު މަޝްރޫޢު ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި، ކުޑަހުވަދޫ ބަނދަރުގެ ޑިޒައިން އަދި ބިނާކުރުމުގެ މި މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ޖާގައާއި ރައްކާތެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ބަނދަރުގެ އެއްގަމުތޮށީގެ ބްލޮކްތައް އެތުރުމުގެ މަސައްކަތް ނިމުމުން، ބަނދަރުގެ ރައްކާތެރިކަން އިތުރުވެ، ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢާ ބެހޭ އިތުރު ތަފްޞީލާއި ކުރިއެރުންތައް ބެއްލެވުމަށް އެމްޓީސީސީގެ ރަސްމީ ޕްރޮޖެކްޓް ޕޯޓަލް (http://projects.mtcc.com.mv) އަށް ޒިޔާރަތްކުރެއްވުމަށް އެ ކުންފުނިން އެދެއެވެ. ޤައުމު ބިނާކުރުމުގެ ޝިއާރުގެ ދަށުން އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގަމުންނެވެ.