އޮމަދޫ ޕޮލިސް ޕޯސްޓް އިމާރާތުގެ ވަށާފާރު ސިމެންތި ޖެހުމުގެ މަސައްކަތް ބާރަށް ކުރިއަށް!
އޭޑީއެޗް. އޮމަދޫގައި ތަރައްޤީކުރާ ޕޮލިސް ޕޯސްޓުގެ ޢިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ވަށާފާރު ސިމެންތި ޖެހުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ބާރުސްޕީޑުގައި ދަނީ ކުރިއަށެވެ. އެގޮތުން، މިހާރު ޕްރޮޖެކްޓް ސައިޓުގައި ވަށާފާރުގެ ޕްލާސްޓަރިންގ (ސިމެންތި ޖެހުން) މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
🔗 ތަފްޞީލް ކިޔުމަށް: [ލިންކު]
https://twitter.com/MTCCPlc/status/2117543323011621062?a=L7vkv5LU-7-4Cb7eNr0&s=19
Ads by BMLމި މަޝްރޫޢަކީ އޮމަދޫގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ފުލުހުންގެ ޚިދުމަތް އެ ރަށުގައި އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތާއި އިތުރު ތަފްސީލުތައް އެމްޓީސީސީގެ ރަސްމީ ޕްރޮޖެކްޓްސް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
Ads by MACL
