ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފ. ފީއަލީ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ޓައި ބީމްގެ މަސައްކަތް ކުރިއަށް!

ފ. ފީއަލީ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ----- ފޮޓޯ: އެމްޓީސީސީ
ފ. ފީއަލީ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ----- ފޮޓޯ: އެމްޓީސީސީ

ފ. ފީއަލީގައި ތަރައްގީކުރަމުންދާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިއަދު އާންމުކުރި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިހާރު ކުރިއަށްދަނީ އެ ސެންޓަރުގެ ޓައި ބީމްގެ ޝަޓަރިންގް އަދި ރެއިންފޯސްމަންޓް (ދަގަނޑު އެޅުން) ގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް އެ ސައިޓުގައި މިހާރު މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެއެވެ.

🔗 ތަފްޞީލް ކިޔުމަށް: [ލިންކު]


https://twitter.com/MTCCPlc/status/2117590294187380890?a=FYeT-Vzo7vEm28rpUnY&s=19

ފީއަލީގެ ޒުވާނުންނާއި ރައްޔިތުންގެ ދުޅަހެޔޮކަމާއި މުނިފޫހިފިލުވުމަށް ބޭނުންވާނެ މި ފިޓްނަސް ސެންޓަރުގެ މަސައްކަތް ނިމުމުން، ރަށުގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ