ޖިންސީ ގޯނާގެ ތުހުމަތުގައި މާލެ ސިޓީގެ ކުރީގެ ކައުންސިލަރު އައިމަން ހައްޔަރުކޮށްފި
ޖިންސީ ގޯނާގެ މައްސަލައެއްގެ ތުހުމަތުގައި މާލެ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު މުހައްމަދު އައިމަން އިސްމާއިލް (އާނު) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އޭނާ ހައްޔަރުކޮށްފައިވާކަން ފުލުހުންގެ ޚިދުމަތުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގި ގޮތާއި، މައްސަލައިގެ އިތުރު ތަފުސީލު ހޯދުމަށް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Ads by BMLމުހައްމަދު އައިމަން އިސްމާއިލަކީ މާލެ ސިޓީ ކައުންސިލްގެ ތިންވަނަ ދައުރުގައި މާފަންނު ދެކުނު ދާއިރާ ތަމްސީލުކުރި އެމްޑީޕީގެ ކައުންސިލަރެވެ.
Ads by MACL
