ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި

މި އިންތިޚާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ދެ ކެންޑިޑޭޓުން ---
މި އިންތިޚާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ދެ ކެންޑިޑޭޓުން ---

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގޭ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި ވޯޓުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފިއެވެ.

ވަގުތީ ނަތީޖާއަށް އެއްވެސް ބަދަލެއް ނުއަންނަ ގޮތަށް އިއުލާންކުރި ދާއިމީ ނަތީޖާއިން ދައްކާ ގޮތުގައި، އިދިކޮޅު އެމްޑީޕީގެ މައްޗަށް ކުރިއެރުން ހޯދައި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން hިންގުމުގެ ގާނޫނުގެ ދަށުން އެލްޖީއޭ ބޯޑަށް އިންތިޚާބު ކުރަނީ 3 މެންބަރުންނެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން ހޮވާ މެންބަރަކާއި، ރަށު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން އައްޔަންކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސާއިންގެ ތެރެއިން ތަމްސީލުކުރާ މެންބަރެކެވެ.

މިއިންތިޚާބުގައި ސިޓީ ކައުންސިލްތައް ތަމްސީލުކުރާ ގޮނޑިއަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ، އޭނާ ވަނީ ވޯޓަކާ ނުލައި އިންތިޚާބުވެވަޑައިގެންފައެވެ. އެހެންކަމުން ވޯޓުލުން ކުރިއަށްދިޔައީ ބާކީ އޮތް ދެ ގޮނޑިއަށެވެ.

އިންތިޚާބުގެ ނަތީޖާ ތަފްސީލު:


* **ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮނޑި:** ޕީއެންސީގެ ކެންޑިޑޭޓް އަލީ އަހުމަދު މިއިންތިޚާބު ކާމިޔާބުކުރެއްވީ 314 ވޯޓު (58.04 އިންސައްތަ) ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ އަލީ ޒާފިރުއަށް ލިބިވަޑައިގަތީ 227 ވޯޓެވެ. ހަތަރު އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ އަޣުލަބިއްޔަތު ހޯދާފައިވަނީ ޕީއެންސީއެވެ.
ޑަބްލިއުޑީސީ ތަކުގެ ރައީސާއިންގެ ގޮނޑި: ޕީއެންސީގެ މަރިޔަމް ޒީނާ ގޮނޑި ކާމިޔާބުކުރެއްވީ 93 ވޯޓު ހޯއްދަވައިގެންނެވެ. މިއިންތިޚާބުގައި ވާދަކުރެއްވި އެމްޑީޕީގެ މަރިޔަމް ނީނާއަށް ލިބުނީ 67 ވޯޓެވެ.