ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމެރިކާ ރައްޔިތުން ބޮޑު ތަނުން ޓުރަމްޕަށް ނޫނެކޭ ބުނެފި

ރައީސް ޑޮނަލްޑް ޓްރަމްޕް / ފޮޓޯ: ރޮއިޓާސް
ރައީސް ޑޮނަލްޑް ޓްރަމްޕް / ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ މެދު ރައްޔިތުން ނުރުހުން ފާޅުކޮށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ ބޮޑު އަޣުލަބިއްޔަތެއް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ދީފިއެވެ.

މިފަހަރު އިންތިހާބު ބާއްވާފައި ވަނީ ގާނޫނު ހަދާ މަޖިލީސްގެ މަތިގެ ކަމަށްވާ ސެނެޓްގެ 100 ގޮނޑީގެ ތެރެއިން 30 ގޮނޑީގެއެވެ. އެތަނުން 25 ގޮނޑީގެ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފައެވެ.

އިންތިހާބު ނުބާއްވާ ގޮނޑިތަކާއެކު ޑިމޮކްރެޓްސްއަށް މިހާތަނަށް 51 ގޮނޑި ލިބިފައިވާއިރު، ޓްރަމްޕްގެ ރިޕަބްލިއަންއަށް ވަނީ 39 ގޮނޑި ލިބިފައެވެ. މި 51 ގޮނޑިއަކީ ސެނެޓްގެ މެޖޯޓިރީއެވެ. އެހެންކަމުން ބާކީ 10 ގޮނޑި ޓްރަމްޕް ޕާޓީއަށް ލިބުނުކަމުގައިވިޔަސް ވާނީ ބައްޔެވެ.

އެމެރިކާގެ ތިރީގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ 435 ގޮނޑިއަށްވެސް މިފަހަރު މެންބަރުން އިންތިހާބު ކުރާއިރު، މިހާތަނަށް ގުނި 282 ގޮނޑީގެ ތެރެއިން، 176 ގޮނޑި ޑިމޮކްރެޓްސް އަށް، 106 ގޮނޑި ޓްރަމްޕަށް ވަނީ ލިބިފައެެވެ