ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިހަވަންދޫ ފިޝް ކަލެކްޝަން ސެންޓަރު ބަނދަރު މަޝްރޫއަށް ބޭނުންވާ ޝީޓް ޕައިލްގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފި

އިހަވަންދޫ ފިޝް ކަލެކްޝަން ސެންޓަރު / ފޮޓޯ: އެމްޓީސީސީ
އިހަވަންދޫ ފިޝް ކަލެކްޝަން ސެންޓަރު / ފޮޓޯ: އެމްޓީސީސީ

ހއ. އިހަވަންދޫ ފިޝް ކަލެކްޝަން ސެންޓަރުގެ ބަނދަރު ފަރުމާކުރުމާއި ބިނާކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ޝީޓް ޕައިލްތަކުގެ ފުރަތަމަ ޝިޕްމަންޓް މަޝްރޫއު ކުރިއަށްދާ ސައިޓަށް ރަސްމީކޮށް ގެންގޮސްފި އެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، އިހަވަންދޫގައި ގާއިމުކުރާ މި ފިޝް ކަލެކްޝަން ސެންޓަރުގެ ބަނދަރުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާއިރު، މިއީ މަޝްރޫއުގެ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި ގެނެވުނު މުހިންމު ސާމާނުތަކެކެވެ.

އެމްޓީސީސީން ބުނީ މަޝްރޫއުގެ ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިންމުމަށްޓަކައި ބޭނުންވާ އިތުރު ސާމާނާއި މެޝިނަރީޒް ސައިޓަށް ޖަމާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އިހަވަންދޫގައި ފިޝް ކަލެކްޝަން ސެންޓަރެއް ގާއިމުކުރެވިގެންދިއުމަކީ އެ ސަރަހައްދުގެ މަސްވެރިންނަށް މަސްކިރުވުމާއި ބަނދަރުކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބި، ރަށުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫއެކެވެ.