ރައީސް ސޯލިހު އިސްވެ ބާއްވަން އުޅުނު އެމްޑީޕީ ބޮޑު ޖަލްސާ، ބަހަނާތަކަށްފަހު "ތޮޅިއަށް"
އާއެކެވެ. އެމްޑީޕީ އޭގެ ޒާތުގައި ނިކުމެ ބޮޑު ޖަލްސާއެއް ކުޅުދުއްފުށީގައި ބާއްވަން އިއުލާންކޮށް ބޮޑު އޮޑި ތައްޔާރު ކުރިއެވެ.
ބޯޑިންޕާސް ވެސް ތައްޔާރުކޮށް ދިދަ ދަމަައި ޒީނަތްތެރިކޮށް އިސާހިތަކު ތައްޔާރު ނުވާ ވަރަށް ތައްޔާރުވިއެވެ. ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް އެއްކޮށްލައި ދުވަހަށް ވުރެ ކުރިން ރަނގަޅު ކެމްޕެއިންއެއްވެސް ކުރިއެވެ.
ޖަލްސާއަށް ކުޑަތަން ވެފައި ވަނިކޮށ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަތޮޅު ތެރެއަށް ދަތުރުކުރެއްވުމުގެ ނިޔަތުގައި ކުޅުދުއްފުއްޓަށް ވެސް ވަޑައިގަތެވެ.
Ads by BMLއެހެންނަމަވެސް ރާގާއި އަޑާއި މުޅިން ބަދަލުވެއްޖެއެވެ. ދަތުރު ނުކުރެވޭވަރަށް މޫސުން ގޯސްވެއްޖެއެވެ. އެހެންނަމަވެސް އެމްޑީޕީއަކީ މިފަދަ ކަންކަމުގައި މިކަހަލަ ކަންކަމަށް މާބޮޑަށް އަޅާލާބައެއް ނޫނެވެ. މިހާރު މޫސުންވެސް ރަނގަޅެވެ. ދަތުރު ނުކުރެވޭ ވަރެއްވެސް ނޫނެވެ.
ހަގީގަތަކީ މިއުޅެނީ އެހެން މައްސަލައެކެވެ. ޗެއާޕާސަން ފައްޔާވެސް ކެމްޕެއިން ކުރައްވަނީއެވެ. އަދި ރައީސް ސޯލިހަށް ވުރެ ފައްޔާޒުގެ އަޑު މާގަދައީއެވެ. ތާއީދު ވެސް ބޮޑީއެވެ. ފައްޔާޒުއާއި ވާދަކޮށް ބަލިވާކަށް ރައީސް ސޯލިހަށް ހިތަށް ކުޅަދާނައެއް ނުވާނެއެވެ.
އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަށަވަރު ވެފައި ނުވި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވަނީ ވަރަށް ބޮޑަށް ޔަގީން ކުރެވިފައެވެ.
އެހެންނަމަވެސް ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ސުވާލު ކުރުމުން ރައީސް ސޯލިހު ކުރިން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ނިންމެވުން ޕާޓީގެ ލީޑާޝިޕަށް އެނގޭނެ ކަމަށެވެ. އެއަށްފަހު ވިދާޅުވީ މަސްލަހަތަށްޓަކައި އިތުރަށް އެކަމުގެ ތަފްސީލު ހާމަކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.
މީގެ އިތުރުން އެޕާޓީގެ ރައީސް އަބްދުالله ޝާހިދުވެސް ވެރިކަން ކުރުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. ޗެއާޕާސަން އިންތިހާބުގައި 50،000 އަކަށް މީހުން ބައިވެރިވިއިރު ފައްޔާޒު ކާމިޔާބު ކުރެއްވީ 27،900 އަށް ވުރެ ގިނަ ވޯޓާއެކު އެވެ.
އޭނާއާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ހޯއްދެވުނީ 20،425 ވޯޓެވެ. އެމްޑީޕީގައި ދެ ފެކްޝަނަކަށް ކެމްޕޭން ހިންގިއިރު، ފައްޔާޒު ނުކުމެވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންނާ އެކު އެވެ. އިންތި ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ އެކުގަ އެވެ.
އިންތިހާބުގައި މާލެ ފިޔަވައި މެޖޯރިޓީ ރަށްތަކުގެ އަޣުލަބިއްޔަތު ފައްޔާޒަށް ލިބިވަޑައިގަތެވެ. ކެމްޕޭންގައި ސަރުކާރަށް ޕާޓީގެ ތެރެއިން ކުރިމަތިވި ފާޑުކިއުންތަކާ އެކު، އެ ނަތީޖާ އިން ސާފުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނެތްކަމެވެ.
Ads by MACL
