ގދ. ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްގަމުތޮށިލުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި
ގދ. ފިޔޯރީ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ބްލޮކް ޖެހުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްމީކޮށް ފަށައިފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ޑިޒައިން އަދި ބިލްޑް ކޮންޓްރެކްޓްގެ ދަށުން ކުރިއަށްދާ މަސައްކަތްތަކަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ސައިޓަށް ބޭލިފައެވެ. އަދި މިހާރު ސައިޓުގައި ބާރުދުވެލީގައި ކުރިއަށްދަނީ އެއްގަމުތޮށީގެ ބްލޮކްތައް އަތުރައި ހަރުކުރުމުގެ މަސައްކަތްތަކެވެ.
ފިޔޯރީ ބަނދަރު އަޕްގްރޭޑް ކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ، އިޤްތިސާދީ ޙަރަކާތްތަކަށް މަގުފަހިކުރުމަށްޓަކައި ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ ރަށުގެ ތަރައްޤީއާ ގުޅިފައިވާ މުހިންމު އުމްރާނީ މަސައްކަތެކެވެ.
Ads by BMLމި މަޝްރޫޢުގެ ދަށުން ކުރިއަށްދާ އެކި މަސައްކަތްތަކުގެ އެންމެ ފަހުގެ ތަފްސީލީ މަޢުލޫމާތު އެމްޓީސީސީގެ ރަސްމީ މަޝްރޫޢު ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ބަލައިލެވޭނެ އިންތިޒާމު ވެސް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.
Ads by MACL
