އިތުބާރުގެ ވޯޓަށްފަހު ވަޒީރު ސައީދުގެ ހޫނު ރައްދެއް: މިއީ ރައީސް މުޢިއްޒުގެ ސިޔާސަތަށް ރައްޔިތުން ކުރި އިތުބާރު!
އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު އޮތްކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމެވުމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށާއި މެނިފެސްޓޯއަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ހާމަކޮށްދޭ ކަމެއް ކަމަށް ވަޒީރު ސަޢީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިން ސަލާމަތްވެވަޑައިގަތުމާ ގުޅިގެން، އެކްސް (X) ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެ ބަނގުރޫޓު ވިޔަނުދީ ސަލާމަތް ކުރެވުނީ ރައީސް ޑރ. މުޢިއްޒުގެ ދުރުވިސްނޭ، ޙިކުމަތްތެރި ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އަދި ވާރުތަވި އިޤުތިޞާދީ އެތައް މައްސަލަތަކަކަށް ޙައްލު ހޯއްދަވައި، ރާއްޖޭގެ މާލީ އިތުބާރު އިޔާދަކޮށް، ރޭޓިން މަތިކުރުމުގައި މި ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ސަރުކާރަކީ ރައްޔިތުންނަށް ޖަވާބުދާރީވުމުގައި ލާމަސީލު މިސާލެއް ދައްކަމުންދާ ދެފުށް ފެންނަ ސަރުކާރެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެމްޑީޕީން ކުރި ސުވާލުތަކުގެ ތެރޭގައި އޭނާގެ މެންޑޭޓާ ސީދާ ނުގުޅޭ ކަންކަން ހުރި ނަމަވެސް، މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތީ ނުހަނު ތެދުވެރިކަމާއެކު ހަގީގަތް ހާމަކޮށްދެއްވަމުން ކަމަށެވެ.
Ads by BMLމީގެއިތުރުން، މި މައްސަލާގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުاللهއާއި، ޕީޖީ ލީޑަރު އިބްރާހީމް ފަލާޙްގެ އިތުރުން ޕީއެންސީގެ މަޖިލިސް މެންބަރުން ބެހެއްޓެވި ގާތްކަމާއި ކުރެއްވި އިތުބާރަށްޓަކައި ވަޒީރު ސަޢީދު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
Ads by MACL
