ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖެ ހަލާލް ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް އައިއެޗްޓީއޯ އާއި އެމްބީސީ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރާއްޖެ ހަލާލް ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް އައިއެޗްޓީއޯ އާއި އެމްބީސީ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ހަލާލް ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި އިންޓަނޭޝަނަލް ހަލާލް ޓޫރިޒަމް އޯގަނައިޒޭޝަން (އައިއެޗްޓީއޯ) އާއި މާލްޑިވްސް ބިޒްނަސް ޗެމްބަރ (އެމްބީސީ) އާ ދެމެދު މިއަދު ފަހުމުނާމާއެއް (އެމްއޯޔޫ) ގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގެ ދަށުން ދެ ފަރާތް ގުޅިގެން މަސައްކަތް ކުރާނީ ވިޔަފާރިތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށާއި، ކުރިއަރަމުން އަންނަ ހަލާލް ޓޫރިޒަމް ދާއިރާގެ ފައިދާ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކަށް ހޯދައިދިނުމަށް އެހީތެރިވެދިނުމަށެވެ.

މި ފަހުމުނާމާގައި އައިއެޗްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ސީއީއޯ އަދި ވައިސް ޕްރެޒިޑެންޓް އަލްފާޟިލް ބައްސާމް އާދަމްއެވެ. އަދި އެމްބީސީގެ ފަރާތުން ސޮއިކުރެއްވީ އެ ޗެމްބަރުގެ ރައީސް އަލްފާޟިލް އަޙްމަދު އަލްއަމްޖަދެވެ.

މި ކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، ވިޒިޓް މާލްޑިވްސް ކޯޕަރޭޝަން، އިންޓަނޭޝަނަލް ހަލާލް ޓޫރިޒަމް އޯގަނައިޒޭޝަން އަދި ޕީއެސްއެމް ނިއުސް ވެސް ހިމެނެއެވެ.