ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގީރާވަރުފަޅު ހިއްކުމުގެ 68.8 އިންސައްތަ ނިމިއްޖެ

ގީރާވަރުފަޅު ހިއްކުމުގެ 68.8 އިންސައްތަ ނިމިއްޖެ

ގިރާވަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާއިރު، އެ ފަޅުން ހިއްކުމަށް ކަނޑައަޅާފައިވާ 167.15 ހެކްޓަރުގެ ތެރެއިން 115 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައި ނިންމާފައެވެ. މިއީ މުޅި މަޝްރޫޢުގެ 68.8 އިންސައްތައެވެ.

މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި ބޭނުންކުރާ "ކުއީން އޮފް ދަ ނެދަލޭންޑްސް" ޑްރެޖަރު އަންނަނީ ބިން ހިއްކުމުގެ މަސައްކަތުގައި އެންމެ އިސް އަދި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ގީރާވަރުފަޅަކީ މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން "ބިންވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ގޯތިތަކަށް ބޭނުންވާ ބިން ހިއްކުމަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ހިއްކާ ބިމުން މާލޭގެ މާވެހިންނަށް ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ އަމާޒަކީ ގީރާވަރުފަޅު ހިއްކުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިންމައި، ބިން ހިއްކައި ނިމުމާއެކު ގޯތިތަކުގެ އިން ވަކިކޮށް، ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމުގެ ކަންކަން ކުރިއަށްގެންދިއުމެވެ. މީގެ އިތުރުން އެ ސަރަޙައްދުގައި އަސާސީ ޚިދުމަތްތަކާއި އިޖުތިމާއީ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.