ރައީސް ޓްރަމްޕް އަދިވެސް ގޮންޖެހުންތަކާއި، ފޭކް ނިއުސް އަދި ރެޑިކަލް ލެފްޓް ބަލިކުރައްވާނެ: ވައިޓް ހައުސް
އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕް އަދިވެސް ހުރިހާ ގޮންޖެހުންތަކަކާއި، "ފޭކް ނިއުސް" އަދި "ރެޑިކަލް ލެފްޓް" ގެ ނުފޫޒުތައް ބަލިކުރައްވާނެ ކަމަށް އެމެރިކާގެ ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، "ރެޑިކަލް ލެފްޓް" އާއި "ފޭކް ނިއުސް" އަދި ކަންކަމާ ހާސްވެގެން އުޅޭ ފަރާތްތަކުން ރައީސް ޓްރަމްޕްގެ ސިޔާސީ ޙަޔާތް ނިމުނީ ކަމަށް ނިންމި ކޮންމެ ފަހަރަކުވެސް އެފަރާތްތަކަށް ވެފައިވަނީ ގޯސް ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަރާތްތަކުގެ ނިންމުންތައް ގޯސްވާނެކަން ސާބިތުވެގެންދާނެ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
Ads by BMLމީގެއިތުރުން، އިދިކޮޅު ފަރާތްތަކުން ރައީސް ޓްރަމްޕް އަޒުލުކުރަން (އިމްޕީޗް ކުރަން) މަސައްކަތް ކުރިޔަސް ނުވަތަ އެމަނިކުފާނުގެ ސިޔާސަތުތައް ފަސްފަހަތަށް ޖައްސާލަން އުޅުނުކަމުގައި ވިޔަސް، އެކަންކަމަށްވެސް ކުރިމަތިވާނީ ކުރިންވެސް "ރެޑިކަލް ލެފްޓް" ގެ މަސައްކަތްތަކަށް ކުރިމަތިވި ފަދަ ނާކާމިޔާބީއެއް ކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ.
އިންތިޚާބުގެ ނަތީޖާއަށްފަހު ވައިޓް ހައުސްއިން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ރައީސް ޓްރަމްޕްގެ އެޖެންޑާއާއި ޤައުމަށް ގެންނަވަމުންދާ ބަދަލުތައް ހުއްޓުވުމަށް ކުރެވޭ އެއްވެސް މަސައްކަތަކަށް ކާމިޔާބެއް ނުލިބޭނެ ކަމަށެވެ.
Ads by MACL
