ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހއ. މުރައިދޫ މިސްކިތް ބިނާކުރުމުގެ މަޝްރޫޢުގެ ރެއިންފޯސްމަންޓް މަސައްކަތްތައް ބާރަށް ކުރިއަށް

ހއ. މުރައިދޫ މިސްކިތް ބިނާކުރުމުގެ މަޝްރޫޢުގެ / ފޮޓޯ: އެމްޓީސީސީ
ހއ. މުރައިދޫ މިސްކިތް ބިނާކުރުމުގެ މަޝްރޫޢުގެ / ފޮޓޯ: އެމްޓީސީސީ

ހއ. މުރައިދޫގައި އިމާރާތް ކުރަމުންދާ އައު މިސްކިތުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މި މަޝްރޫޢުގެ އެންމެ ފަހުގެ ތަފްސީލުތައް ހިއްސާކުރަމުން ބުނެފައިވަނީ، މިހާރު ޕްރޮޖެކްޓް ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ސްޓްރަކްޗާ ވަރުގަދަކުރުމުގެ ގޮތުން ކުރަންޖެހޭ ރެއިންފޯސްމަންޓް (ދަގަނޑު އެޅުމުގެ) މަސައްކަތްތައް ކަމަށެވެ.
މުރައިދޫ ރައްޔިތުންނަށް ދީނީ އަޅުކަން އަދާކުރުމަށް އެކަށީގެންވާ ޖާގަ ތަނަވަސް މިސްކިތެއް ބިނާކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

މި މަޝްރޫޢުގެ އިތުރު އަޕްޑޭޓްތަކާއި މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލުތައް އެމްޓީސީސީގެ ރަސްމީ ޕްރޮޖެކްޓްސް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެއެވެ.