ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވެށިފަހި މާލެ ޕްރޮގްރާމުން ދައުލަތަށް ނެގި 48 ބިން ވިއްކަނީ!

ކެޕްޝަން: ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ބިންތައް ވިއްކަން ހުޅުވާލާފައިވާ މާލެ ސިޓީގެ މަލަމަތި މަތިން ފެންނަ މަންޒަރެއް.
ފޮޓޯ ކްރެޑިޓް: އައިސްޓޮކް
ކެޕްޝަން: ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ބިންތައް ވިއްކަން ހުޅުވާލާފައިވާ މާލެ ސިޓީގެ މަލަމަތި މަތިން ފެންނަ މަންޒަރެއް. ފޮޓޯ ކްރެޑިޓް: އައިސްޓޮކް

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން މާލެ އާއި ވިލިނގިލިން ޖުމްލަ 48 ބިމެއް ވިއްކުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓުން މިއަދު ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ބިންތަކަކީ 2011 ވަނަ އަހަރު ކުރިއަށްގެންދިޔަ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް ނަގާފައިވާ ބިންތަކެއް ކަމަށެވެ. އަދި މި ބިންތައް ގަތުމުގެ ފުރުސަތު ހާއްސަކޮށްފައިވަނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި، އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް އެކަނި ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ބިންތައް ވިއްކުމުގައި އަމަލުކުރުމަށް ހަމަޖެހިފައިވަނީ 28 ޖޫން 2021 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލު" ގެ ދަށުންނެވެ.

ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ހާއްސަ ފޯމާއި ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު، ކުރިއަށް އޮތް ޑިސެމްބަރު 8، 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ހުށަހަޅަންޖެހެއެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ބިން ގަތުމަށް އެދޭ އެޕްލިކޭޝަން ފޯމާއި، ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކުގެ ޗާޓު ނޮވެމްބަރު 8، 2026 އިން ފެށިގެން އެ ވުޒާރާގެ ރިސެޕްޝަނުންނާއި ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.