ނޮވެމްބަރު 12 ވާ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި
މިހިނގާ ނޮވެމްބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސް މިގޮތަށް ނިންމެވީ ޖުމްހޫރީ ދުވަހުގެ ގައުމީ ބަންދާ ގުޅިގެން މުވައްޒަފުންނަށް ބަންދު ދުވަސްތަކުގެ މެދުކެނޑުމެއް ނައިސް ޗުއްޓީ ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށެވެ.
🔗 ތަފްޞީލް ކިޔުމަށް: [ލިންކު]
https://twitter.com/presidencymv/status/2118314205397086315?a=Rxy6Xv-dOHuZsmHFepE&s=19
Ads by BMLމިއަހަރުގެ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރު 11 ވާ ބުދަ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވާއިރު، އޭގެ ޖެހިގެން އަންނަ ބުރާސްފަތި ދުވަސް ބަންދު ކުރުމުން، ހަފްތާ ބަންދާއެކު ސަރުކާރުގެ މުވައްޒަފުންނަށް ޖުމްލަ 5 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރަސްމީ ދެންނެވުމެއް (ދެންނެވުން ނަންބަރު: 2026/18) ވެސް ޝާއިއު ކުރައްވާފައެވެ.
Ads by MACL
