ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޝަކުވާތަކަށް ހައްލު ހޯދަން އެމްޑަބްލިއުއެސްސީން އައްޑޫގެ ގޭބިސީތަކަށް!

ރައްޔިތުންގެ ގާތަށް ޚިދުމަތް --- ފޮޓޯ: އެމް.ޑަބްލިއު.އެސް.ސީ
ރައްޔިތުންގެ ގާތަށް ޚިދުމަތް --- ފޮޓޯ: އެމް.ޑަބްލިއު.އެސް.ސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން "ރައްޔިތުންގެ ގާތަށް ޚިދުމަތް" ގެންގޮސްދިނުމަށް ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުގެ ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ސީދާ ބައްދަލުކުރުމުގެ ޚާއްޞަ ހަރަކާތެއް އެމް.ޑަބްލިއު.އެސް.ސީ އިން ފަށައިފިއެވެ.

މި ހަރަކާތުގެ ދަށުން އެމް.ޑަބްލިއު.އެސް.ސީގެ ޓީމުތަކުން މިހާތަނަށް އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ އެކި ގޭބިސީތަކަށް ވަނީ ޒިޔާރަތްކޮށްފައެވެ. ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، މި ޒިޔާރަތްތަކުގެ މައިގަނޑު ބޭނުމަކީ އެ ރަށްރަށުގައި ދެމުންގެންދާ ފެނާއި ނަރުދަމާގެ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ ރައްޔިތުންގެ ފަރާތުން އޮޅުންފިލުވުމެވެ.

ރައްޔިތުންގެ ގާތަށް ޚިދުމަތް --- ފޮޓޯ: އެމް.ޑަބްލިއު.އެސް.ސީ

އެމް.ޑަބްލިއު.އެސް.ސީން ބުނީ، ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ރައްޔިތުންގެ އަޑު ގާތުން އަހައި، ދިމާވާ ދަތިތަކަށް އަވަސް އަދި ދާއިމީ ޙައްލެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން މި ހަރަކާތަކީ ޒަމާނުއްސުރެ އައްޑޫގެ ރައްޔިތުން ތަޙައްމަލުކުރަމުންދިޔަ ދަތިތަކަށް ނިމުމެއް ގެނެސް، އިތުބާރުހުރި ފެނާއި ނަރުދަމާގެ ޔުޓިލިޓީ ޚިދުމަތެއް ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކާ އެއްގޮތަށް، ދިވެހިރައްޔިތުން އެދޭފަދަ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެމް.ޑަބްލިއު.އެސް.ސީން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެ ކުންފުނިން ވަނީ އަރުވާފައެވެ.

ރައްޔިތުންގެ ގާތަށް ޚިދުމަތް --- ފޮޓޯ: އެމް.ޑަބްލިއު.އެސް.ސީ