ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026 ރައީސުލްޖުމްހޫރިއްޔާ އިފުތިތާޙުކޮށްދެއްވައިފި

މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026 ---- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026 ---- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފިއެވެ. މި އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

އެކްސްޕޯ އިފުތިތާޙުކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ މި މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، މައުރަޒު ބައްލަވާލައްވާފައެވެ. ސިއްހީ ދާއިރާގެ ޚިދުމަތްދޭ ފަރާތްތަކާއި އާންމު ރައްޔިތުން އެއްތަނަކުން ބައްދަލުވާ ގޮތަށް އިންތިޒާމުކޮށްފައިވާ މި އެކްސްޕޯގެ މައިގަނޑު ބޭނުމަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި އާއިލީ ދުޅަހެޔޮކަން ކުރިއެރުވުމެވެ.

މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026 --- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި އެކްސްޕޯއަކީ ސިއްހީ ދާއިރާއިން ލިބެންހުރި ޚިދުމަތްތައް ބަލައިލުމާއި، ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދު ހޯދުމުގެ އިތުރުން ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް އޮޅުންފިލުވުމަށް އާންމުންނަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.