ހުޅުމާލޭގައި ތަރައްޤީކުރާ 182 ހައުސިންގ ޔުނިޓެއްގެ ކޮންކްރީޓް މަސައްކަތް ފަށައިފި
ހުޅުމާލޭގައި ތަރައްޤީކުރާ 182 ހައުސިންގ ޔުނިޓެއްގެ ކޮންކްރީޓް މަސައްކަތް ފަށައިފިއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލެ ފޭސް 1 ގައި އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތަރައްޤީކުރާ 364 ހައުސިންގ ޔުނިޓުގެ ތެރެއިން 182 ޔުނިޓުގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ޕްރޮޖެކްޓަކީ އާންމުންނަށް ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ލީސް-ޓޫ-އޯން އުސޫލުން އަމިއްލަ ތަނަކަށް ހެދޭ ގޮތަށް ކުރިއަށްގެންދާ ހައުސިންގ މަޝްރޫއެކެވެ.
Ads by BMLމާލޭ ސިޓީގެ އެކި ސަރަހައްދުތަކުގައި މިވަގުތު ޖުމްލަ 3،260 ހައުސިންގ ޔުނިޓް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ދަނީ ހިނގަމުންނެވެ.
ސަރުކާރުން އަދި ކޮންޓްރެކްޓަރުން އަމާޒު ހިފާފައިވަނީ މާލެ ސަރަހައްދުގައި އިމާރާތް ކުރަމުންދާ މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް އެއްކޮށް ނިންމާލުމަށެވެ.
Ads by MACL
