ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާޅޮހު އަބްދުއްރަހްމާންގެ ޕޯސްޓް މޯޓަމް ހަދަން ނިންމައިފި

މާޅޮހު އަބްދުއްރަހްމާންގެ ޕޯސްޓް މޯޓަމް ހަދަން ނިންމައިފި
މާޅޮހު އަބްދުއްރަހްމާންގެ ޕޯސްޓް މޯޓަމް ހަދަން ނިންމައިފި

ނިދާފައި އޮއްވައި ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރިގޮތަކަށް މަރާލި އއ. މާޅޮސް. އޯކިޑުމާގެ، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމްގެ ޕޯސްޓް މޯޓަށް ހެދުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުން ބުނީ އަބްދުއްރަހްމާންގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާތީ އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ފޮނުވަނީ އިންޑިއާއަށެވެ.

ގޭގައި ނިދާފައި އޮއްވައި އަބްދުއްރަހްމާނަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަބްދުއްރަހްމާންގެ ގެއަށް އެހެން މީހަކު ވަދެފައިވާ ކަމުގެ ނިޝާންތައް ފެންނަން އެބަހުއްޓެވެ. އެގޭގެ އެހެން ކޮޓަރިއެއްގައި ނިދާފައި އޮތް އޭނާގެ އަންހެނުންނަށް ހޭލެވުނީ ހަޅޭލައްވާ އަޑަށެވެ. އެއިރު އަބްދުއްރަހްމާން އޮތީ ވަރަށް ތެޅި ތެޅި އެވެ.

ފުލުހުން މިހާރު ވަނީ އަބްދުއްރަހްމާންގެ ގެއަށް އެއްވެސް މީހަކު ވަދެ ނުކުތުން މަނާކޮށްފައެވެ. އެގެ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.