އާ ޓާމިނަލްގެ އެއްގަމު މަގު ހަދާތީ ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ އެއްގަމު މަގު ހަދާތީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެމްއޭސީއެލް އިން ބުނީ އެ މަގުގައި ފެން ހިންދާ ނިޒާމުގެ މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާތީ އެއާޕޯޓަށް ވަންނަން މިހާރު ބޭނުންކުރާ ބޭރު މަގުގެ ބަދަލުގައި އެއާޕޯޓަށް ވަދެ ނުކުތުމަށް ބޭނުން ކުރަން ޖެހޭނީ އާ ޓާމިނަލްގެ ކުރިމައްޗަށް އޮންނަ މަގު ކަމަށެވެ.
ފަސިންޖަރު ވޯކްވޭގެ ނިމޭ ހިސާބަށް ޓެކްސީ ކިޔު ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މި ބަދަލުތަކާއެކު ޓެކްސީ ޑްރޮޕް-އޮފް ޕޮއިންޓާއި އެމްޓީސީސީގެ ބަސް ނައްޓާލާނީ އަދި މަޑުކުރާނީ ވެސް މި ސަރަހައްދުންނެވެ. އަދި ޔޫ ޓާން ނެގޭނީ ހަމައެކަނި ޕޮލިސް ޗެކްޕޮއިންޓް ސަރަހައްދުންނެވެ.
Ads by BMLމިއީ އިއްޔެއިން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ގެނައި ބަދަލެކެވެ.
އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އާ ޓާމިނަލް ހުޅުވުމުގެ ކުރިން މުވައްޒަފުންނަށް ތަމްރީނު ދިނުން ފަދަ މުހިންމު މަސައްކަތްތަކެއް އެމްއޭސީއެލް އިން އަންނަނީ ކުރަމުންނެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ އެ މަސައްކަތް ކުރިއަށްގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކަމަށެވެ.
Ads by MACL
