ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޯކޮށް ވާރޭވެހި ކޮލަމާފުށީގެ ގެތަކަށް ފެންވަދެ ކަރަންޓު ކެނޑިއްޖެ

ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ރަށުގެ ރައްޔިތުންނާއި ކައުންސިލް ގުޅިގެން ފެންހިއްކުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެންޑީއެމްއޭ
ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ރަށުގެ ރައްޔިތުންނާއި ކައުންސިލް ގުޅިގެން ފެންހިއްކުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެންޑީއެމްއޭ

ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި، ރަށުގެ ގިނަ ގެތަކަކަށާއި މުއައްސަސާތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ފެންބޮޑުވުމުގެ ސަބަބުން ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ.

ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި ރަށުގެ ރައްޔިތުންނާއި ރަށު ކައުންސިލް ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ޓީމެއް މިހާރު ދަނީ އެ ރަށަށް ދަތުރުކުރަމުންނެވެ.

ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ރަށުގެ ރައްޔިތުންނާއި ކައުންސިލް ގުޅިގެން ފެންހިއްކުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެންޑީއެމްއޭ

އެމްއެންޑީއެފްގެ ޓީމުން އެ ރަށަށް ދަނީ ފެންހިއްކުމަށް ބޭނުންވާ ޕަންޕުތަކާއި، ގެތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ތައްޔާރުކުރުމަށް ބޭނުންވާ ގޯނި ހިފައިގެންނެވެ.