ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީވީ މަރާމާތުކުރާނެ ދިވެހި ފަންނުވެރިން ބިނާކުރަން ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކޮށްފި

އީވީ މަރާމާތުކުރާނެ ދިވެހި ފަންނުވެރިން ބިނާކުރަން ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުފަހަރާއި ޗާޖިން ސްޓޭޝަންތައް ބެލެހެއްޓުމުގެ ޤާބިލުކަން ދިވެހި ފަންނީ މުވައްޒަފުންގެ ކިބައިގައި އަށައްގެންނެވުމަށްޓަކައި، އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ކަމާބެހޭ ދާއިރާތަކުގެ ދިވެހި މުވައްޒަފުންނަށް ޚާއްޞަ ތަމްރީނުތަކެއް ދީގެން، އީވީ އުޅަނދުތަކާއި ޗާޖުކުރާ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި މަރާމާތުކޮށް ބެލެހެއްޓޭނެ ފަންނީ ނިޒާމެއް ޤާއިމުކުރުމެވެ.

މިއީ ޖީއީއެފްގެ އެހީގައި ކުރިއަށްގެންދާ "އިންޓަގްރޭޓެޑް، ސަސްޓެއިނަބަލް އެންޑް ލޯ އިމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ދަށުން ރާއްޖެއަށް ގެނެސްފައިވާ އިލެކްޓްރިކް ބަސްތަކާއި އެހެނިހެން އުޅަނދުތައް ދިގު މުއްދަތަކަށް ބޭނުންކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

މި މަސައްކަތުގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާއިން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް، ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ ޤާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ދެ ވުޒާރާއިން ފާހަގަކުރެއެވެ.