ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަގު ހުރަސްކުރަނިކޮށް ޖެހުނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން، 2 މީހެއްގެ ހާލު ސީރިއަސް

މަގު ހުރަސްކުރަނިކޮށް ޖެހުނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން، 2 މީހެއްގެ ހާލު ސީރިއަސް

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައި މާފަންނު ބަސް ޓާމިނަލް ކައިރިންނެވެ.

ފުލުހުން ބުނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހަކަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް އެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.