ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

މިއަދު ހެނދުނު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅާއި އދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ. އެ އިދާރާއިން ހާމަކުރެއްވި ގޮތުގައި މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން ފެށިގެން 10:30 ގެ ނިޔަލަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. ނަމަވެސް، ވިއްސާރަ ކުރި ނަމަވެސް ވަޔާއި ކަނޑު މަޑުވާނެ ކަމަށް އެ އިދާރާގެ ރިޕޯޓުތަކުން ދައްކައެވެ.

ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވެފައިވާއިރު، ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ކުރިން ލަފާކޮށްފައެވެ