ވިއެޓްނާމްއަށް ކަނޑައެޅުއްވި ސަފީރު، ފަތްކޮޅު އެ ގައުމުގެ ރައީސްއަށް އަރުވައިފި
ރާއްޖެއިން ވިއެޓްނާމަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު މަރްޔަމް މިދްފާ ނައީމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ޓޯ ލާމްއަށް މިއަދު އަރުވައިފިއެވެ.
ވިއެޓްނާމްގެ އަގުހުރި ރަސްމީ ރަސްމިއްޔާތެއްގައި ހަނޯއީގައި ބޭއްވި މި ރަސްމިއްޔާތުގައި، ސަފީރު މިދްފާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތްޕުޅުން ވިއެޓްނާމްގެ ރައީސަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ފަތްކޮޅު ގަބޫލުކުރެއްވުމަށްފަހު ވިއެޓްނާމްގެ ރައީސް ޓޯ ލާމް ވަނީ އާ ސަފީރަށް މަރުހަބާ ދަންނަވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ސަފީރުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެ ގައުމުގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
Ads by BMLމިދްފާއަކީ ދިވެހިރާއްޖޭގެ ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭކަނބަލެކެވެ.
އަދި ތައުލީމީ ދާއިރާއިންނާއި، ސްކޫލް ދައުރުގައި ލަވަ މުބާރާތްތަކާއި ވާހަކަދެއްކުމުގެ މުބާރާތްތަކުން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭކަނބަލެއްވެސް މެއެވެ.
Ads by MACL
