މާލޭގައި ހިނގި އެކްސިޑެންޓް: 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މާލޭގެ ބަސް ޓާމިނަލް ކައިރިން މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓްގައި އަނިޔާވި އިތުރު ދެ މީހަކަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައި މާފަންނު ބަސް ޓާމިނަލް ކައިރިންނެވެ.
ފުލުހުން ބުނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
Ads by BMLއެ އެކްސިޑެންޓްގައި އަނިޔާވި އިތުރު ދެ މީހަކަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އެ ދެ މީހުންގެ ހާލު ސީރިއަސް އެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
Ads by MACL
