ހުޅުމާލޭގައި ތަރައްޤީކުރި "މެންހަޓަން ގްރޭންޑް" މިރޭ ހުޅުވަނީ؛ އުފާފާޅުކުރުމަށް ބޮޑު ހަވާ އެރުވުމެއް
ވިއްސަކަށް އަހަރުގެ ދިގު އިންތިޒާރަކަށްފަހު، މާލޭ ސަރަހައްދުގައި ތަރައްޤީކުރި އެންމެ ޖާގަ ތަނަވަސް ފަސް ތަރީގެ ހޮޓާ "މެންހަޓަން ގްރޭންޑް" މިރޭ ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
މި ހޮޓާ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، މި އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މިރޭ 10:00 ޖަހާއިރު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ގޮނޑުދޮށުގައި ޚާއްޞަ ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށްދާނެއެވެ. މިއީ ހޮޓަލުގެ ފަރާތުން އަމިއްލައަށް އަގުދައްކައިގެން ވިޔަފާރި އުޞޫލުން އިންތިޒާމުކުރާ ހަވާއެރުވުމެކެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާ 10 ވަރަކަށް މިނެޓުގެ ދުރުމިނުގައި ބިނާކޮށްފައިވާ މި ހޮޓަލުގައި 162 ކޮޓަރިއާއި، އެކި ކެއުންތަކަށް ޚާއްޞަ 4 ރެސްޓޯރެންޓުގެ އިތުރުން ޙަފްލާތަކާއި ބައްދަލުވުންތައް ބޭއްވޭނެ 4 މާލަން ހިމެނެއެވެ. މީގެއިތުރުން ޖިމާއި، ސްޕާ އަދި ފަތާ ފެންގަނޑެއްވެސް މި ތަނުގައި ޤާއިމުކޮށްފައިވެއެވެ.
Ads by BMLރާއްޖޭގެ ތާރީޚާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ މި ހޮޓަލުގެ މަސައްކަތް އެންމެ ފުރަތަމަ އެސްޓީއޯއިން ފެށީ މީގެ 20 އަހަރު ކުރިންނެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، އިނގިލި ކުރިއަށް ޖައްސައިގެން ހޮޓަލުގެ މަސައްކަތް ނިންމާލާފައިވަނީ ޔޫއޭއީގެ ޑީޕް ސީފުޑް ކުންފުންޏާއި ވޯލްޑް އޮފް ބިޒްނަސް ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗަރ މެދުވެރިކޮށެވެ.
Ads by MACL
