ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

8 ގަޑިއިރު ކުރިން އަޝްފާގެ ފަހުބަސް: މަރަކީ ވަކިތަނެއް ވަކި ވަގުތެއް އޮތް ކަމެއްނޫން!

8 ގަޑިއިރު ކުރިން އަޝްފާގެ ފަހުބަސް: މަރަކީ ވަކިތަނެއް ވަކި ވަގުތެއް އޮތް ކަމެއްނޫން!

މާލޭގެ ބަސް ޓާމިނަލް ކައިރިން މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅު ނިޔާވިއިރު އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި މަރުގެ މުހިންމުކަން ހަނދާންކޮށްދޭ ޕޯސްޓެއް އާންމުވާން ފަށައިފިއެވެ.

އެ ޕޯސްޓްގައި ވަނީ މަރުގެ ملائكة އިން އަތުވެއްޖެހިނދު، އެއްވެސް މަޝްވަރާއެއް، ލަސްވުމެއް، އަދި ބަހަނާއެއް ވެސް ނުދައްކަވާނެ ކަމަށާއި އެވަގުތު ބޭންކް ބެލެންސް, ދަރަޖަ އަދި ސޯޝިއަލް މީޑިއާގައި ތިބޭ ފޮލޯވަރުންނަށް ވެސް ތިބާއަށް އެހީތެރިކަން ފޯރުކޮށްނުދެވޭނެ ކަމަށެވެ. އަދި ފުރާނަ ގެންދެވުމަށްފަހު ތިބާގެ ގެއަކީ އެހެން މީހެއްގެ މިލްކުވެރިއަކަށް ވެގެންދާނެ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައި މާފަންނު ބަސް ޓާމިނަލް ކައިރިންނެވެ.

ފުލުހުން ބުނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި އިތުރު ދެ މީހަކަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އެ ދެ މީހުންގެ ހާލު ސީރިއަސްއެވެ.






މި ހާދިސާއަކީ މުޅި ދިވެހި މުޖުތަމަޢަށް މިއަދު ލިބުނު ވަރަށް ހިތާމަވެރި ޚަބަރެކެވެ. އަލްސަންއަށް މާތް ﷲ ސުބުހާނަހޫ ވަތަޢާލާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.