ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕޯސްޓް މެދުވެރިކޮށް ގެނައި ކިލޯއަކަށްވުރެ ގިނަ ޕާޓީ ޑްރަގްސް އަތުލައިގެންފި

ކަސްޓަމުން އަތުލައިގަތް މަސްތުވާތަކެތި - ފޮޓޯ: ކަސްޓަމް
ކަސްޓަމުން އަތުލައިގަތް މަސްތުވާތަކެތި - ފޮޓޯ: ކަސްޓަމް

ޕޯސްޓް މެދުވެރިކޮށް ކިލޯއަކަށްވުރެ ގިނަ ޕާޓީ ޑްރަގްސް އަތުލައިގެންފި އެވެ.

ކަސްޓަމުން ބުނީ މި ތަެތި އަތުލައިގަތީ މިދިޔަ މަގުގެ 31 ވަނަ ދުވަހު ކަމަށެވެ. މި ތަކެތި ފެނުނީ ކޫރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމުން ބުނެ އެވެ.

އަތުލައިގެން ތަކެތީގެ ބަރުދަނުގައި 1030 ގްރާމް ހުރިކަމަށް ކަސްޓަމުން ބުނެ އެވެ. އަދި މި ތަކެތި ޓެސްޓްކުރި އިރު މީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ސިންތެޓިކް ކެތިނޯން ކަން އެނގިފައިވާކަމަށް ކަސްޓަމުން ބުނެ އެވެ.

ފަހަކަށް އައިސް ކަސްޓަމުން އަންނަނީ ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ.