ތ. ބުރުނީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމުތޮށީގެ ބްލޮކްތައް އެ ރަށަށް ގެންގޮސްފި
ތ. ބުރުނީ ބަނދަރު ފެންވަރު މަތިކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓ ްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނިގޮތުގައި، ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އެއްގަމުތޮށި ބިނާކުރުމަށް ބޭނުންވާ ބްލޮކްތައް މިހާރު ވަނީ އެ ރަށަށް ފޮނުވައިފައެވެ. އަދި ބަނދަރުގެ އެލް-ސެކްޝަންގެ މަސައްކަތްތަކަށް ބޭނުންވާ، ކުރިން ގައު ހަދައިގެން ތައްޔާރުކޮށްފައިވާ ކޮންކްރީޓް އެންކަރ ބްލޮކްތައް ބެހެއްޓުމާއި، އެންކަރ ރޮޑްތައް ހަރުކުރުމުގެ މުހިންމު މަސައްކަތްތައް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.
ބުރުނީ ބަނދަރު ފެންވަރު މަތިކުރުމުގެ މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވެފައިވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
Ads by BMLމި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތާއި އިތުރު ތަފްޞީލުތައް އެމްޓީސީސީގެ ރަސްމީ މަޝްރޫޢުތަކާ ބެހޭ ވެބްސައިޓް މެދުވެރިކޮށް ބަލައިލެވޭނެއެވެ.
Ads by MACL
