މާލީ ހިސާބުތައް އޮޅުންބޮޅުންވެ އަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި
ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފަށް މާލީ ލިޔެކިޔުންތައް ފުރިހަމައަށް ނުބަލަހައްޓާ ކަމަށް ބުނެ އަދާލަތު ޕާޓީ 25،000 ރުފިޔާއިން އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މި ފިޔަވަޅު އަޅާފައިވަނީ އަދާލަތު ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މި އަހަރުގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު އެ ކޮމިޝަނަށް ހުށަހެޅުމުން، އެ ރިޕޯޓު ދިރާސާކުރުމަށްފަހުއެވެ. އެގޮތުން ސިޔާސީ ޕާޓީގެ ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޕާޓީން ކޮށްފައިވާ އެންމެހައި ހަރަދުތަކުގެ ތަފްސީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަން އޮޑިޓާ އާންމު ފާހަގަކުރައްވާފައިވާ ކަމަށް އިލެކްޝަނުން މައުލޫމާތުދެއެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، 2024 ވަނަ އަހަރު އަދާލަތު ޕާޓީގެ މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ ބައެއް އަދަދުތަކާ ގުޅޭ ތަފްސީލީ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާތީ، އެ ކަންކަމުގެ ސައްހަކަން ކަށަވަރުކުރެވިފައި ނުވާ ކަމަށް އޮޑިޓަރުން ފާހަގަކޮށްފައިވާ ކަމަށެވެ.
Ads by BML
Ads by MACL
