ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައިމަންގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 30 ދުވަސް ދީފި

އައިމަންގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 30 ދުވަސް ދީފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް (އާނު) ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދަން ކްރިމިނަލް ކޯޓުން އިތުރު 30 ދުވަހުގެ މުއްދަތެއް ދީފިއެވެ.

މި މައްސަލައިގެ ތަހުގީގު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާކޮށްގެން ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ކަމަށް ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރެވޭ އެއް ކަމަކީ ޖިންސީ ގޯނާގެ މައްސަލަތައް ކަމަށް އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން މިފަދަ ކުށްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ.