ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލެވޭ މެންބަރުންގެ ތަފްސީލު އިއުލާނުކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލެވޭ މެންބަރުންގެ ތަފްސީލު އިއުލާނުކޮށްފި

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބު މި މަހުގެ 27 ވާ ހުކުރު ދުވަހު ބޭއްވުމަށް ނިންމައި، އެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބޭ މެންބަރުންގެ ޝަރުޠުތައް އެ ޕާޓީން އާންމުކޮށްފިއެވެ.

އެމްޑީޕީގެ ސެކްރެޓޭރިއަޓުން ނެރުނު އިޢުލާނު (MDP/2026/IUL/067) ގައި ބުނެފައިވަނީ، މިއަހަރުގެ އޮކްޓޯބަރު 20 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ޕާޓީގައި ދަފްތަރުވެފައިވާ މެންބަރުންގެ ތެރެއިން، ވޯޓުލާ ދުވަހާ ހަމައަށް މެދުކެނޑުމެއްނެތި ޕާޓީގެ މެންބަރުކަމުގައި ތިބޭ ފަރާތްތަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ.

ކުރިއަށް އޮތް އިންތިޚާބީ ކަންކަމާ ގުޅިގެން އެމްޑީޕީން ކުރިން ކުރި އިޢުލާނުތަކުގައިވަނީ، ވޯޓު ކަރުދާހުގައި ކެންޑިޑޭޓުން އާންމުކޮށް ކިޔާނަން ހިމެނުމުގެ ފުރުޞަތާއި، ކެންޑިޑޭޓުންގެ މަންދޫބުން ހުށަހެޅުމުގެ އުޞޫލުތައްވެސް ހާމަކޮށްފައެވެ.

އޭގެ އިތުރުން، މި އިންތިޚާބުގައި އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ގޮނޑިތަކާ ގުޅޭ ތަފްސީލީ މައުލޫމާތުތައްވެސް ޕާޓީގެ ސެކްރެޓޭރިއަޓުން ވަނީ ކުރިން އާންމުކޮށްފައެވެ.