ވައިކަރަދޫ ސްކޭޓް ޕާކް ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް!
ހދ. ވައިކަރަދޫގައި ތަރައްގީކުރާ ސްކޭޓް ޕާކުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބާރަށް ކުރިއަށް ގެންދާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މިއަދު އާންމުކުރި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، ވައިކަރަދޫ ސްކޭޓް ޕާކް ސަރަހައްދުގައި މިހާރު ކުރިއަށްދަނީ ޝަޓަރިން މަސައްކަތްތަކާއި، ދަގަނޑު ބޭންޑްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކޮންކްރީޓް ކުރުމުގެ އަމަލީ މަސައްކަތްތަކެވެ.
މި މަޝްރޫއަކީ ރަށްރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ. އެމްޓީސީސީން ބުނީ މަޝްރޫއުގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމާލުމަށް އެ ކުންފުނީގެ ޓީމުން ދަނީ ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން ކަމަށެވެ.
Ads by BML
Ads by MACL
