ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާންމު މަސްލަހަތަށް ގެއްލުންވާ ގޮތަށް ގާބުރިއެއް ހިފައިގެން އުޅުނު އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް

އާންމު މަސްލަހަތަށް ގެއްލުންވާ ގޮތަށް ގާބުރިއެއް ހިފައިގެން އުޅުނު އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް

އާންމު ތަނެއްގައި ގާބުރިއެއް ހިފައިގެން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި ދިވެހި އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދުގެ މުއްދަތު އިތުރު 15 ދުވަހަށް އިތުރުކުރަން މިއަދު އަމުރުކޮށްފިއެވެ.

އުމުރުން 35 އަހަރުގެ މި އަންހެން މީހާގެ މައްޗަށް ފުލުހުން ކުރަނީ އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުމުގެ ތުހުމަތެވެ. މި މައްސަލައިގައި އޭނާ ހައްޔަރުކުރުމަށްފަހު އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުންވެސް ބަންދަށް ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުދޭ އެކަށީގެންވާ މިންވަރަށް ހެކި ފުލުހުން ވަނީ ހުށަހަޅާފައެވެ. އެގޮތުން، ހާދިސާ ހިނގި ސީނަށް ދިޔަ ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާ ރިޕޯޓު ކޯޓަށް ހުށަހަޅާފައިވާކަން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، މި މައްސަލައިގައި އޭނާގެ ފަރާތުން ކޯޓުގައި ދެއްކި ވާހަކަތަކާއި، ތަހުގީގަށް ދީފައިވާ ބަޔާނުގައިވާ ވާހަކަތަކާ ދެމެދު ފުށުއެރުންތަކެއް ހުރިކަންވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުން ވަނީ މި އަންހެން މީހާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށްވެސް ކަނޑައަޅާފައެވެ.