ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރ. ކިނޮޅަސް ފުޓްސަލް ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ފަށައިފި

ރ. ކިނޮޅަސް ފުޓްސަލް ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ---- ފޮޓޯ: އެމްޓީސީސީ
ރ. ކިނޮޅަސް ފުޓްސަލް ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ---- ފޮޓޯ: އެމްޓީސީސީ

ރ. ކިނޮޅަހުގައި ތަރައްގީކުރާ ފުޓްސަލް ދަނޑުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބާރަށް ކުރިއަށް ގެންދާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިއަދު އާންމުކުރި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، ކިނޮޅަސް ފުޓްސަލް ދަނޑުގެ ސިވިލް މަސައްކަތްތައް ނިމި، މިހާރު ކުރިއަށްދަނީ ދަނޑުގައި ޓާފް އެޅުމުގެ އަމަލީ މަސައްކަތްތަކެވެ.

މި މަޝްރޫއަކީ ރަށްރަށުގެ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށް، ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ. އެމްޓީސީސީން ބުނީ މަޝްރޫއުގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމައި ރަށުގެ ޒުވާނުންނާ ދަނޑު ހަވާލުކުރުމަށް އެ ކުންފުނީގެ ޓީމުން ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.