ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިނގިރޭސިވިލާތުގެ އެންމެ މަގްބޫލު މަޖައްލާއިން ބާއްވާ އެވޯޑަކަށް ރާއްޖެ ނޮމިނޭޓް ވެއްޖެ

އިނގިރޭސިވިލާތުގެ އެންމެ މަގްބޫލު މަޖައްލާއިން ބާއްވާ އެވޯޑަކަށް ރާއްޖެ ނޮމިނޭޓް ވެއްޖެ
އިނގިރޭސިވިލާތުގެ އެންމެ މަގްބޫލު މަޖައްލާއިން ބާއްވާ އެވޯޑަކަށް ރާއްޖެ ނޮމިނޭޓް ވެއްޖެ

އިނގިރޭސިވިލާތުގެ އެންމެ މަގުބޫލު އަދި ޒަމާންވީ ޓްރެވަލް މަޖައްލާއިން އިންތިޒާމުކޮށްގެން ބާއްވާ "ވޮންޑާލަސްޓް ރީޑާ ޓްރެވަލް އެވޯޑްސް 2025"ގެ ޝަރަފުވެރި ދެ އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެއްޖެއެވެ.

މިއަހަރު ރާއްޖެ ނޮމިނޭޓުވެފައި ވަނީ:

މޯސްޓް ޑިޒައިރަބަލް ކަންޓްރީ - ވޯލްޑްވައިޑް

މޯސްޓް ޑިޒައިރަބަލް އައިލެންޑް(ސް) - ވޯލްޑްވައިޑް

މި ނޮމިނޭޝަނާ ގުޅިގެން ވިޒިޓް މޯލްޑިވްސް އިން ބުނީ ވޯޓުލުމުގެ ފުރުސަތު އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ކޯޕަރޭޝަނުން ވަނީ އެކަމަށް ޚާއްސަކޮށްފައިވާ ލިންކް ބޭނުންކޮށްގެން ދިވެހިރާއްޖެއަށް ވޯޓުލުމަށް އެދިފައެވެ.

"ތިޔަ ބޭފުޅުންގެ ވޯޓަކީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ޓްރެވަލް ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެ އޮތް އޮތުން ކަށަވަރުކުރުމަށް މަގުފަހިވެގެންދާނެ ވޯޓެއް. މި ޝަރަފުވެރި ތަށިތައް ހޯދުމުގައި އެހީތެރިވުމަށް މި ލިންކް ތިޔަބޭފުޅުންގެ ނެޓްވޯކްތަކާ ހިއްސާކުރައްވާ"

ވޮންޑާލަސްޓް ރީޑާ ޓްރެވަލް އެވޯޑަކީ ދުނިޔޭގެ ޓްރެވަލް އިންޑަސްޓްރީގައި ވަރަށް ބޮޑަށް ބަލައިގަންނަ އެވޯޑަކަށް ވާއިރު، ނަސީބުވެރިން ކަނޑައަޅަނީ ހަމައެކަނި އާންމުންގެ ވޯޓުންނެވެ. އެގޮތުން މިދިޔަ އަހަރު ސްރީލަންކާއަށް 'މޯސްޓް ޑިޒައިރަބަލް އައިލެންޑް - ވޯލްޑްވައިޑް'ގެ ލަގަބު ލިބިފައިވަނީ ދެކުނު އޭޝިއާގެ މަންޒިލްތަކުން އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭކަން ފާހަގަކޮށެވެ.

މޮސްޓް ޑިޒައަރަބަލް ކަންޓްރީ - ވޯލްޑްވައިޑް އެވޯޑު މިދިޔަ އަހަރު ހާސިލްކުރީ އޮސްޓްރޭލިއާއެވެ.

1993 ވަނަ އަހަރު އުފެދުނު 'ވޮންޑާލަސްޓް'އަކީ މާނަހުރި، ޒިންމާދާރު، ދަތުރުފަތުރުގެ އެންމެ އިސް އޮތޯރިޓީގެ ގޮތުގައި އިނގިރޭސިވިލާތުގައި އުފައްދާފައިވާ އޮތޯރިޓީއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.