ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކ. އަތޮޅު ރިސޯޓެއްގެ ލޯންޗެއްގައި އަލިފާން ރޯވެ ކެޕްޓަން ފިހިގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި

ކ. އަތޮޅު ރިސޯޓެއްގެ ލޯންޗެއްގައި އަލިފާން ރޯވެ ކެޕްޓަން ފިހިގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި

ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއްގައި ދަންވަރު އަލިފާން ރޯވެ، އެ އުޅަނދުގެ ކެޕްޓަނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 10 ނޮވެމްބަރު 2026 ވީ އަންގާރަ ދުވަހުގެ ދަންވަރު 03:00 އެހައިކަންހާއިރު ކަމަށްވާއިރު، މި ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ދުވަހުގެ ފަތިހު 05:30 އެހައިކަންހާއިރުއެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ހުރީ އުމުރުން 34 އަހަރުގެ ދިވެހި ކެޕްޓަން އެކަންޏެވެ. މި ހާދިސާގައި އޭނާގެ ކަރާއި މޭމަތި ވަނީ އެކި ވަރަށް ފިހިފައެވެ.

މި ހާދިސާގައި އަލިފާން ރޯވުމުގެ ސަބަބުން ލޯންޗަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށާއި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކަނޑުއުޅަނދުފަހަރުގައި އަލިފާނުގެ ހާދިސާތައް ހިނގުން ހުއްޓުވުމަށްޓަކައި، އުޅަނދުފަހަރުގެ އިންޖީނުގެއާއި ކަރަންޓު ވަޔަރިންގ ގަވާއިދުން ޗެކްކުރުމަށާއި، އަލިފާންނިއްވާ ވަސީލަތްތައް އަބަދުވެސް ތައްޔާރީ ހާލަތުގައި ބެހެއްޓުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިރުޝާދު ދެއެވެ.